Ads by Stelco

ޚަބަރު

ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފި

ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފި

ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޖެނުއަރީ 2026، 01:02

07 ޖެނުއަރީ 2026، 01:02

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އަންހެނަކަށް ވީތީ ކުރާ އަނިޔާ ނުވަތަ ކުޑަކުދިންނަށް ކުރާ އަނިޔާ މަދުކުރުމަށް ރައްކާތެރިކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ކުރަމުންދާ އެއް މަސައްކަތަކީ، ޒުވާނުންގެ ތެރެއިން މިކަމުގައި ތެދުވެ މުޖުތަމަޢު ތެރޭގައި މަސައްކަތްކުރާނެ ބައެއް ޕިއަރ ޔޫތް އެޑިއުކޭޓާސް ތަމްރީނުކުރުން ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން "އެކު އެކީ" ނަމުގައި ފެށިފައިވާ ޔޫތް ޕިއަރ އެޑިކޭޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ދަށުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަށް 500 ޒުވާނުން ތަމްރީނުކުރުމަށް ރޭވިފައިވާކަމަށް އިޖްތިމާޢީ ވުޒާރާއިން މަޢުލޫމާތުދެއެވެ. ޕިއަރ އެޑިކުޓޭރަނުންނަކީ އެއް އުމުރުފުރައެއްގެ ޒުވާނުންގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގައްޔާއި އެކުވެރިޔާއަށް އެހީތެރިވުމަށް ތަމްރީންކުރާ ފަރާތެކެވެ. އަދި މިއީ ޒުވާނުންކަމަށްވުމުން، ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް، ޢިލްމީ އަދި ދުޅަހެޔޮ ރައްކާތެރި ޚިޔާލުތައްދިނުމުގައި މައިގަނޑު ރޯލެއް މި އެޑިއުކޭޓަރުން އަދާ ކުރާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޕިއަރ އެޑިއުކޭޓަރެއްގެ ޒިންމާތައް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭރުން ފުޅާވެގެންދާއިރު، ދޭދޭ ގުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ހުނަރުތަކާއި، ދިމާވާ މައްސަލަތައް ދަނެގަތުމާއި، އެ އުމުރުފުރާގެ ފަރާތްތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ ތެރޭގައި މަޢުލޫމާތު ހިއްސާ ކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމްކުރުންވެސް ހިމެނެނޭކަމަށް އިޖްތިމާޢީ ވުޒާރާއިން ވަނޯޯ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450