ޚަބަރު
އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި
ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ
އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.
"ޓްރެއިނިންގ އޮން ބަޔޯ ސެކިއުރިޓީ ފޮރ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ލިވިންގ މެރިން އޯގަނިޒަމްސް، މެރިން އެނިމަލްސް އެންޑް ދެއަރ ޕްރޮޑަކްޓްސް އިން ދަ މޯލްޑިވްސް" ތަމްރީން ޕްރޮގްރަމް ކުރިއަށް ދާނީ މި މަހުގެ 7 އިން 8 އަށެވެ. މިއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް–ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައިތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި ބޯޑަރު ކޮންޓްރޯލް ކުރުމާއި، ރެގިއުލޭޝަން، ސަރވައިލެންސް އަދި ތިމާވެށި ހިމާޔަތް ކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކުގެ މެދުގައި ކަނޑާއި، އެއްގަމުގެ ދިރުންތަކާއި ގުޅުންހުރި ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވާ ބަޔޯ ސެކިއުރިޓީ ރިސްކުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، މަހާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ އިތުރުން އިންސާނުންގެ ޞިއްޙަތަށް ނުރައްކާވާ ބަލިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ބަލި ދެނެގަތުމާއި، ރިޕޯޓް ކުރުމާއި، ރެސްޕޮންސް މެކޭނިޒަމްތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރުން ހިމެނެއެވެ.
In collaboration with the AquaBiotech Group, the Ministry of Fisheries & Ocean Resources is conducting a 2-day training session on "Biosecurity for Import and Export of Living Marine Organisms, Marine Animals and their Products in the Maldives." The training is conducted under… pic.twitter.com/Q4OcJHqwhr
— Ministry of Fisheries and Ocean Resources (@MFORmv) January 7, 2026
މި ތަމްރީން ޕްރޮގްރާމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.