ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. މާޅޮހުން ދިވެއްސަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބ. މާޅޮހުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު މާޅޮހު ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރުގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކޮޓަރި ބަލަިއފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 3 ފުޅިއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ބ. މާޅޮސް / ޑިމްލައިޓް، ޝާމިނު އަބޫބަކުރު (27އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.