Ads by Stelco

ޚަބަރު

ރާއްޖެއިން ޢުމްރާއަށް ގޮސް އުޅުނު 2 ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން ޢުމްރާއަށް ގޮސް އުޅުނު 2 ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާއަށް ދިޔަ ދިވެހިންތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޖެނުއަރީ 2026، 02:46

07 ޖެނުއަރީ 2026، 02:46

ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މައްކާއަށް ގޮސް އުޅުނު 2  ދިވެއްސަކު ނިޔާވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދެމީހުން ނިސްބަތްވަނީ ދެ ގްރޫޕަކަށް ކަމަށެވެ. އެއީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުގެ ދެ ޢުމްރާވެރިން ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މިއަހަރު ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން ނިޔާވެފައި ވަނީ 2 ފިރިހެން ޢުމްރާވެރިން ކަމަށެވެ. އަދި މި ދެމީހުންގެ ޖަނާޒާގެ ކަންތައްތައް ވެސް މިހާރު ފުރިހަމަވެފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މިދިޔަ މަހު މަނާސިކް ގްރޫޕުގެ ހަވާލުގައި ޢުމްރާއަށް ދިޔަ 60 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ޗުއްޓީގައި ރާއްޖެއިން 7000 އަށްވުރެ ގިނަ ދިވެހިން ޢުމްރާއަށް ގޮސްފައިވާއިރު، ޖުމުލަކޮށް އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.

ސްކޫލު ބަންދާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް މިވަގުތު ވެސް މައްކާގެ މާތް ބިމުގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450