Ads by Stelco

ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން/ފޮޓޯ: ސަންގު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޖެނުއަރީ 2026، 02:47

07 ޖެނުއަރީ 2026، 02:47

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވާފައި ވަނީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި 5 މެންބަރުންގެ ތެރެއިން ގ. މާލެހިޔާ 1 03-18، ޑރ. މުހައްމަދު ޒާހިރުގެ ދައުރުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވާފައި ވަނީ، މިއަދުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެއްވޭނެކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.

މި ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅުން ޢައްޔަންކުރެވޭނީ އެކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކުރުމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450