Ads by Stelco

ޚަބަރު

ޞިއްޙީ ދާއިރާއަށް 35 އަހަރު ޚިދުމަތްކުރެއްވުމަށްފަހު އެޗްޕީއޭގެ ޑިރެކްޓަރ ޖެެނެރަލް މައިމޫނާ ރިޓަޔަރކުރައްވަނީ

ޞިއްޙީ ދާއިރާއަށް 35 އަހަރު ޚިދުމަތްކުރެއްވުމަށްފަހު އެޗްޕީއޭގެ ޑިރެކްޓަރ ޖެެނެރަލް މައިމޫނާ ރިޓަޔަރކުރައްވަނީ

މައިމޫނާ އަބޫބަކުރު/ފޮޓޯ: ސަންގު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޖެނުއަރީ 2026، 05:44

07 ޖެނުއަރީ 2026، 05:44

ޞިއްޙީ ދާއިރާއަށް 35 އަހަރު ޚިދުމަތްކުރެއްވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔަރކުރައްވަން ނިންމަވައިފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ޢައްޔަންކުރެއްވި މައިމޫނާއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަންކުރެއްވުމަށް ފަހު ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި މައިމޫނާ ވަނީ ޢާންމު ޞިއްޙަތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، މުޅި ދުނިޔެއަށް ކުރިމަތިވީ އާލަމީ ވަބާކަމުގައިވާ ކޯވިޑް-19 ގެ ނުރައްކާތެރި ދުވަސްވަރުގައި ކޯވިޑުން ސަލާމްތވުމަށް ނިންމެވި ނިންމެވުންތަކާއި، ޢާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ޙައްލެއްގެނައުމަށް ޞައްޙަ މަޢުލޫމާތު ގެނެސްދެއްވުމުގައި މައިމޫނާ ވަނީ ބޮޑު ދައުރެއް އަދާކުރައްވާފައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 1990 ވަނަ އަހަރު ޚިދުމަތް ކުރެއްވުމަށް ނުކުންނެވުމަށްފަހު، ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާ ވަނީ ޞިއްޙީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450