Ads by Stelco

ޚަބަރު

ނޭޝަނަލް ފާރޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

ނޭޝަނަލް ފާރޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

ނޭޝަނަލް ފާރޓިލިޓީ ސެންޓަރު--

farudhun logo

ފަރުދުން

07 ޖެނުއަރީ 2026، 10:13

07 ޖެނުއަރީ 2026، 10:13

ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާރޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެއެވެ.

މިކަމާ ގުޅިގެން އަޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ކުއްޖާ މިއަދު އުފަންވެފައިވާކަމަށެވެ. އަދި ދަރިފުޅާއި މަންމަގެ ހާލު ވެސް ރަނގަޅު ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ މިއީ ތާރީޙީ ކާމިޔާބެއް ކަމަށާއި، މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މި ކާމިޔާބީ ހާސިލް ކުރުމާއި ގުޅިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވީ، މިއީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ  ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތުން ޚާޞިލް ކުރެވުނު ކާމިޔާބެއް ކަމަށެވެ. 

އަދި މިއީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތައް އުފަލުން ތިޔަ ތަކުލީފަކަށް ލިބުނު ބޮޑު ލުޔެއްކަން ހަލީމް ވަނީ ފާހަގަކުރައްވާފައެވެ.

 IVF ގެ ޙިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއް. މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަޤީން. 

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވިއެވެ.

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާއި އެއްގޮތަށް އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައެވެ.

ސަރުކާރުން ދެކޭގޮތުގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ޚިދުމަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450