ޚަބަރު
އަލިފާނުގެ ހާދިސާއާ ގުޅިގެން ދޯންޏަށް ބޮޑު ގެއްލުމެއް ނުލިބޭ
އެމްއެންޑީއެފްގެ ރެސްކިއު ލޯންޗެއް---
ފަރުދުން
07 ޖެނުއަރީ 2026، 10:50
07 ޖެނުއަރީ 2026، 10:50
ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން މިރޭ ހިނގި ހާދިސާގައި އެ ދޯންޏަށް ބޮޑު ގެއްލުމެއް ނުލިބޭ ކަމަށާއި، އެ ވަގުތު ދޯނީގައި ތިބި މޫހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ކ. ގަމަރުގިރި ކައިރިން ދަތުރުކުރަމުން ދިޔަ މި ދޯނީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްވަނީ މިރޭގެ 7:10 ހާއިރެވެ.
ފުލުހުން ބުނީ އަލިފާން ނިއްވާލާފައި ވަނީ ގަމަރުގިރީގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
އަދި މި ހާދިސާ ހިނގިއިރު ދޯނީގައި ދިވެހި ކެޕްޓަނަކީ ބިދޭސީ ދެ ފަޅުވެރިން ތިބިކަމަށާއި، ނަމަވެސް މީގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ވެސް ފުލުހުން ހާމަކުރިއެވެ.
މި ހާދިސާގައި ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.