Ads by Stelco

ޚަބަރު

ގޯޅިއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި

ގޯޅިއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް މާލޭގައި ޕެޓްރޯލް ކުރަނީ---

farudhun logo

ފަރުދުން

08 ޖެނުއަރީ 2026، 09:32

08 ޖެނުއަރީ 2026، 09:32

މާލޭގެ ގޯޅިއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނެފައިވަނީ ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. ޝާރާޒް، އަލީ އިމްރާން ވަހީދު ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.

ރޭ ހަލަވެލި ގޯޅި ތެރޭގައި ހިނގި އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު ވަނީ އަންހެނެއްގެ މޫނު މަތީގައި އަތުން ތަކުރާރުކޮށް ޖަހައި މާރާމާރީ ހިންގައިފަ އެވެ.

ރޭ ހިނގި އެ މަރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނެކާއި، އަންހެނެކެވެ. ވީޑިއޯއިން އެ މީހުން ޒުވާކުރާ އަޑުއިވޭއިރު އެކަކު ދިޔައީ، އަންހެން މީހާއައި ދެން ހުރި ފިރިހެން މީހާގެ ދެމެދަށް ވަދެ، ދެ މީހުން ދުރުކުރަން މަސައްކަތް ކުރަމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450