Ads by Stelco

ޚަބަރު

ބ. އޭދަފުށީގެ ސޯލާ މަޝްރޫޢުގައި ދަބަރު ނުޖަހާ ޚާއްޞަ ސްޓީލް ސްޓްރަކްޗަރތަކެއް ބޭނުންކުރަން ފަށައިފި

ބ. އޭދަފުށީގެ ސޯލާ މަޝްރޫޢުގައި ދަބަރު ނުޖަހާ ޚާއްޞަ ސްޓީލް ސްޓްރަކްޗަރތަކެއް ބޭނުންކުރަން ފަށައިފި

ސޯލާ ނިޒާމު ޤާއިމްކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޖެނުއަރީ 2026، 03:41

08 ޖެނުއަރީ 2026، 03:41

ބ. އޭދަފުށީގައި ސޯލާ ޕެނަލްތައް ހަރުކުރުމަށްޓަކައި ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ދަބަރު ނުޖަހާ ޚާއްޞަ ސްޓެއިންލެސް ސްޓީލް ސަޕޯޓް ސްޓްރަކްޗަރތަކެއް ބޭނުންކުރަން ފަށައިފިއެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި ބޭނުންކުރާ ސްޓީލް އޮނިގަނޑުތަކަކީ ރާއްޖެ ފަދަ ލޮނުގެ އަސަރުގަދަ ވައިގެ ތެރޭގައި ދަބަރު ޖެހުމުން ރައްކާތެރިކުރުމަށްޓަކައި "ގަލްވަނައިޒް" ކޮށް، އިތުރު ކޯޓިންގްތަކެއް ލެވިފައިވާ ވަރުގަދަ ތަކެތި ކަމަށެވެ. އަދި މިއީ މިފަދަ ނިޒާމުތައް ރާއްޖޭގެ މާޙައުލުގައި ގިނަ ދުވަހަށް ދެމެހެއްޓުމަށާއި، މަރާމާތަށް ހިނގާ ޚަރަދު ކުޑަކުރުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، އޭދަފުށީގައި ޤާއިމުކުރާ މި ސޯލާ ނިޒާމަކީ މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ނިޒާމެއް ކަމަށެވެ. ހަމަ އެހެންމެ، "ޕަވަރ ޕާޗޭސް އެގްރީމަންޓް" (ޕީ.ޕީ.އޭ) ގެ ދަށުން ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމުން އުފައްދާ ހަކަތަ ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި މަޝްރޫޢަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިފަދަ ޒަމާނީ ވަޞީލަތްތަކުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން މެދުނުކެނޑި މި ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450