Ads by Farudhun

ޚަބަރު

ދަތުރުފުޅުގެ ރަސްމީ ވާހަކަފުޅު ތަކަކީ މުސްތަޤުބަލަށް އެޅުނު މުހިންމު ބިންގަލެއް: ރައީސް

ދަތުރުފުޅުގެ ރަސްމީ ވާހަކަފުޅު ތަކަކީ މުސްތަޤުބަލަށް އެޅުނު މުހިންމު ބިންގަލެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިއާގެ ބޮޑު ވަޒީރު---

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2026، 02:10

18 ސެޕްޓެމްބަރު 2026، 02:10

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަފުޅުތަކަކީ ދެޤައުމުގެ މުސްތަޤުބަލުގެ ގުޅުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން މެހެމާންދާރީ އަދާކުރަން ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ބައްދަލުވުންތަކުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓް، ތަޢުލީމާއި ޞިއްޙަތު، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން އިސްލާމީ ކަންކަމާއި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ދެޤައުމުގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމަށް މެލޭޝިޔާއިން ނިންމެވީތީ ރައީސް ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް (ޕީ.ޓީ.އޭ) އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިޔާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާތީ އެކަމަށްވެސް ރައީސް މަރުޙަބާ ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ދެޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ.



ހަމައެއާއެކު، ޕީއެންސީގެ ޤައުމީ މަހާސިންތާއާ ދިމާކޮށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޮނުއްވި ތާޢީދާއި ހިތްވަރުގެ މެސެޖަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި ހުޅުވިގެންދިޔަ އައު ބާބެއް ކަމަށެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ލާބައަށްޓަކައި މި އުޚުއްވަތްތެރި ގުޅުން އިތުރު އުސްމިންތަކަކަށް ވާސިލްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450