ޚަބަރު
ފުވައްމުލަކުގައި މާރާމާރީއެއް ހިންގައި، މީހެއްގެ ބޯ ފަޅާލައިފި
ފުވައްމުލައް ސިޓީ/ފޮޓޯ: އަސުރު އޮންލައިން
ފުވައްމުލައް ސިޓީގައި މާރާމާރީއެއް ހިންގައި، މީހެއްގެ ބޯ ފަޅާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލަކުގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި، މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ރޭ 19:35 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި މާރާމާރީގައި އަނިޔާވެފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި މި މާރާމާރީގައި އޭނާގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާއަށް ފަރުވާދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށާއި، މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.