ޚަބަރު
އައްޑޫ ފޭދޫއިން 19 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
އައްޑޫ ފޭދޫއިން ގެއްލިގެން ހޯދަމުންދާ ޙައްވާ ރާއިދާ---
ފަރުދުން
08 ޖެނުއަރީ 2026، 08:38
08 ޖެނުއަރީ 2026، 08:38
އައްޑޫ ސިޓީ ފޭދޫއިން 19 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޕޯޓުކޮށްފިއެވެ.
ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން ހޯދަމުން ދަނީ ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު، 19، އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރާއިދާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރުފަހު 2:50 ހާއިރެވެ.
އެ ރިޕޯޓު ފުލުހުންނަށް ލިބުމާ އެކު، ކަމާބެހޭ ފަރާތްތަކާ އެ މައުލޫމާތު ޚިއްޞާކޮށް، ރާއިދާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭ ތަނެއް ވެސް ދެނެގަނެވިފައެއް ނުވާކަމަށް ވަނީ ހާމަކޮށްފައެވެ.
ރާއިދާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އައްޑޫ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.