Ads by Stelco

ޚަބަރު

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރޭ ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫ އަރާނެ

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރޭ ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫ އަރާނެ

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން ޚިދުމަތް ބޭނުންކުރަނީ / ފޮޓޯ: ބީއެމްލއެ

farudhun logo

ފަރުދުން

09 ޖެނުއަރީ 2026، 04:49

09 ޖެނުއަރީ 2026، 04:49

މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ރާވާފައިވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާނެކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ސޯޝަލް މީޑިއާގައި ޚިއްޞާކޮށްފައިވާ ގޮތުގައި، ރޭވިގެން ކުރިޔަށްގެންދިއުމަށް ނިންމާފައިވާ މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން މިރޭ މެންދަމު 1 އިން 4 އާ ދެމެދު، ގަޑިއެއް ހާއިރަށް ޚިދުމަތަށް ބުރޫއަރާނެކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން އެ ބޭނުންކުގެ އިންޓަނެޓް ބޭންކިން، މޯބައިލް އެޕް، އޭޓީއެމް، ޕީއޯއެސް މެޝިން، ކާޑު، ޔޫއެސްޑީ ބުކިން ޕޯޓަލް، އަދި ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް ބުރޫއަރާނެކަމަށް އެ ބޭނުންކުން ހާމަކުރެއެވެ.

ބީއެމްއެލްއިން އަންނަނީ އެ ބޭންކުން ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450