Ads by Stelco

ޚަބަރު

ބ. ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ބ. ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

މަސައްކަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޖެނުއަރީ 2026، 12:55

10 ޖެނުއަރީ 2026، 12:55

ބ. ދޮންފަނުގައި ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، ދޮންފަނުގައި 301 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537.6 ކިލޯވޮޓް އަވާ (kWh) ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141،443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑް (CO₂) ގެ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަރަންޓު އުފައްދާ މިންވަރުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ވިޝަން ޙާސިލްކުރުމަށް މި މަޝްރޫޢަކީ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، މި ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ނިމި، ފައިނު ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ފަށާނެ ދުވަހަކަށް ގިނަ ބަޔަކު އުންމީދުކުރާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450