Ads by Stelco

ޚަބަރު

ވީއައިއޭގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ވީއައިއޭގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ވީއައިއޭ ޓެކްސީ ކިއު/ފޮޓޯ: ދައުރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޖެނުއަރީ 2026، 02:16

10 ޖެނުއަރީ 2026، 02:16

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަޙައްދުގައި ދެ ބައެއްގެ ދެމެދު ހަމަނުޖެހުން ހިންގާ، ޒުވާބުކުރި ކަމުގެ މަޢުލޫމާތު މިހިނގާ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، މި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށާއި، އެމީހުންގެ މެދުގައި ހިނގި ހަމަނުޖެހުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށް ނަޞޭޙަތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450