Ads by Stelco

ޚަބަރު

މި އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 7 ރިސޯޓު ހުޅުވަނީ

މި އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 7 ރިސޯޓު ހުޅުވަނީ

މިއަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓެއް/ފޮޓޯ: ލަގްޒަރީ ޓްރެވަލް މެގެޒިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޖެނުއަރީ 2026، 03:15

10 ޖެނުއަރީ 2026، 03:15

މި އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 7 ރިސޯޓު ހުޅުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ އަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

މިއަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް އެންޑް ސިކްސް (ރަށްގިލި) އަދި ދޮންމާގާ މޯލްޑިވްސް ހިމެނެއެވެ.

މީގެ އިތުރުން، މިއަހަރުގެ ތެރޭގައި އަލަށް 7 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓެއް  ހުޅުވާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސްއާއި، ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް، އަދި ބ. އަތޮޅުގެ ނިއުހީ އެޓް ދިގުފަރު ހިމެނެއެވެ. ހަމަ އެހެންމެ، މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓު ބައި ބާސެލޯއާއި، ރިއު ޕެލަސް ރިސޯޓުވެސް ހިމެނެއެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ ޢަދަދު 178 އަށް އަރާފައިވާއިރު، މިހާރު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ ޢަދަދު ވަނީ 44،697 އަށް އިތުރުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450