Ads by Stelco

ޚަބަރު

ގއ.އަތޮޅާއި މާލޭގައި މިއަދު "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ޚާއްޞަ މަސައްކަތްތަކެއް ހިންގަނީ

ގއ.އަތޮޅާއި މާލޭގައި މިއަދު "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ޚާއްޞަ މަސައްކަތްތަކެއް ހިންގަނީ

ދިވެެހި ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖެނުއަރީ 2026، 09:58

11 ޖެނުއަރީ 2026، 09:58

ގއ.އަތޮޅާއި މާލޭގައި މިއަދު "އޮޕަރޭޝަން އަލިމަގު" ގެ ދަސުން ޚާއްޞަ މަސައްކަތްތަކެއް ހިންގާނެ ކަމަށް ދިވެހި ފުލުހުންހެ ޚިދުމަތުން ހާމަކޮށްފިއެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރިކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއއ.އަތޮޅާއި މާލެ ސަރަހައްދުގައި ހިނގަމުންދާކަމަށެވެ.

 މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސްއާއި ޑްރަގް އެންފޯރިސްމަންޓް ވިންގު ގުޅިގެން ކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ބުނެއެވެ.

މިއަދު ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން، ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450