Ads by Stelco

ޚަބަރު

ސިވިލް ކޯޓުން މިދިޔަ އަހަރު 6718 މައްސަލައެއް ނިންމި

ސިވިލް ކޯޓުން މިދިޔަ އަހަރު 6718 މައްސަލައެއް ނިންމި

ސިވިލް ކޯޓް. ފޮޓޯ: އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖެނުއަރީ 2026، 10:26

11 ޖެނުއަރީ 2026، 10:26

ނިމިދިޔަ 2025 ވަނަ އަހަރަކީ ސިވިލް ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ އަހަރު ކަމަށާއި، އޭގެ ތެރެއިން 6,718 މައްސަލަ އެ އަހަރުގެ ތެރޭގައި ނިންމާފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސިވިލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ނިންމި 6,718 މައްސަލައަކީ 2024 ވަނަ އަހަރު ނިންމި 5,432 މައްސަލައާ އަޅާބަލާއިރު 23.68 އިންސައްތައިގެ ކުރިއެރުމެކެވެ. ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެފައި މިވަނީ، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދުވެސް ބޮޑުތަނުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން 2024 ވަނަ އަހަރު 5,142 މައްސަލަ ރަޖިސްޓްރީކުރިއިރު، މިދިޔަ އަހަރު 5,680 މައްސަލަ ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ 10.46 އިންސައްތައިގެ އިތުރުވުމެކެވެ.

މައްސަލަތަކުގެ އިތުރުން، ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތަކާ ގުޅޭ ނިންމުންތަކަށް ބަލާއިރުވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ވަނީ ލިބިފައެވެ. 2024 ވަނަ އަހަރު 103 އަމުރެއް ނެރުނުއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 166 އަށް އަރާފައެވެ. ނަމަވެސް، އިޖުރާއީ އަދި އިހުތިސާސާ ގުޅޭ ނިންމުންތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ 135 ނިންމުމާ އަޅާބަލާއިރު މިދިޔަ އަހަރު ނިންމާފައިވަނީ 126 ނިންމުމެވެ.

ސިވިލް ކޯޓަކީ 21 އޮކްޓޯބަރު 2010 ގައި ތަސްދީގުކުރި ކޯޓުތަކުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ސުޕީރިއާ ކޯޓެކެވެ. އާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިހުތިސާސް ލިބިގެންވާ މި ކޯޓުގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން 13 އޭޕްރިލް 2016 އިން ފެށިގެން ހުޅުމާލޭގައިވެސް އެ ކޯޓުގެ ޑިވިޒަނެއް ދަނީ ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450