Ads by Exprox

ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަތުރުވެރިއަކަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް!

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަތުރުވެރިއަކަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓް. ފޮޓޯ: އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2024، 06:01

31 އޯގަސްޓު 2024، 06:01

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަތުރުވެރިއަކަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. 

ކްރިމިނަލް ކޯޓުން އުމުރުދުވަހުގެ ޖަލު ޙުކުމަކާއި އެކު 1 ލައްކަ ރުފިޔާގެ ޖޫރިމަނާ އެއް ކޮށްފައިވަނީ ބ. މާޅޮހަށް ޗުއްޓީ ހޭދަކުރަން ދިޔަ ކެނެޑާ ފަތުރުވެރިއެއް ކަމަށްވާ ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ގެ މައްޗަށެވެ.

އެގޮތުން، ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ތުނޑި ވިލެޖް އެންޑް ސްޕާ މޯލްޑިވްސްގެ ރޫމް ނަމްބަރު 102ގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ކޮޓަރި ބަލައި ފާސްކުރަން ފެށުމުން، އެކަމުގައި ފުލުހުންނަށް އެއްބާރުލުން ދޭނެކަމަށް ބުނެ އޭނާ ވަނީ އެ ކޮޓަރީގައި ހުރި މިނީބާ ތެރެއިން މަތިޖެހި ކޮންޓެއިނަރެއް ފުލުހުންނާ ހަވާލުކޮށްފައެވެ.

މި ކޮންޓެއިނަރުތެރޭ އޮތް ރަބަރު ޕެކެޓަކުން ފެނުނު ދެ ގުޅައިގައި 26.8 ގްރާމު ކެނެބިސް ހުރިކަމަށާއި، މިނީބާ ކައިރީ ބަހައްޓާފައި ހުރި ކަޅު ލަގެޖެއްގެ ތެރޭ އޮތް ކޮންޓެއިނަރަކުން ފެނުން ރަބަރު ޕެކެޓުގައި އޮތް ދެ ގުޅައިގައި 0.1 ގްރާމު ކެނެބިސް ހުރިކަމަށް ތަހުލީލީ ފުލުހުންގެ ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.

އެކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ގެ ތަކެތި ނޫންކަމަށް ބުނެ އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ، އެއީ ފަތުރުވެރިއަކަށްވާތީ، އެހެންމީހުންނާއި، ގެސްޓް ހައުސްގައި މަަސައްކަތްކުރާ މީހުންނަށް ކޮންމެ ވަގުތަކު ވެސް އެ ކޮޓަރިއަށް ވަދެވޭނެކަމަށެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 143ވަނަ މާއްދާއަށް ބަލައި އޭނާގެ މައްޗަށް ތުހުމަތުކުރި ކުށް ސާބިތުވާތީ، 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އޭނާ ޖަލުގައި ހޭދަކުރި މުއްދަތު އުނި ކުރުމަށްފަހު، 24 އަހަރާއި 6 މަހާއި 21 ދުވަހަށް އޭނާ ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco