ދުނިޔެ

އިމިގްރޭޝަން ކްރެކްޑައުންއާ ދެކޮޅަށް މިނެސޯޓާ އިން ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި

އިމިގްރޭޝަން ކްރެކްޑައުންއާ ދެކޮޅަށް މިނެސޯޓާ އިން ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި

އެމެރިކާގައި ކުރިއަށް ދިޔަ މުޒާހަރާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 01:30

13 ޖެނުއަރީ 2026، 01:30

އެމެރިކާގެ މިނެސޯޓާ ސްޓޭޓާއި އެ ސްޓޭޓްގެ މައި ދެ ސިޓީ ކަމަށްވާ މިނިއާޕޮލިސް އަދި ސެއިންޓް ޕޯލް އިން ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ފަށައިފިއެވެ. 

މި ދައުވާ ހުށަހަޅާފައިވަނީ ފެޑަރަލް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތައް ހުއްޓުވުމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ދައުވާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ، މިހާރުވެސް އެ ސްޓޭޓްގައި ހަރަކާތްތެރިވަމުންދާ 2,000 އޭޖެންޓުންގެ އިތުރަށް، ބޯޑަރ ކޮންޓްރޯލްގެ 1,000 އޮފިސަރުން ފޮނުވަން ނިންމާފައިވާ ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން (ޑީއެޗްއެސް) މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ތާރީޚުގައި ހިންގާ އެންމެ ބޮޑު އެންފޯސްމަންޓް އޮޕަރޭޝަންގެ ގޮތުގައެވެ.

މިނެސޯޓާގެ އެޓަރނީ ޖެނެރަލް ކީތު އެލިސަން މި އޮޕަރޭޝަން ސިފަކުރެއްވީ ފެޑަރަލް ސަރުކާރުން މިނެސޯޓާ އަށް އަރައިގަތުމެއްގެ ގޮތުގައެވެ.

 "މިއީ އަސްލު ގޮތުގައި މިނިއާޕޮލިސް އާއި ސެއިންޓް ޕޯލް އަދި މުޅި މިނެސޯޓާ އަށް ފެޑަރަލް ސަރުކާރުން އަރައިގަތުމެއް، މިއީ ހުއްޓެންޖެހޭ ކަމެއް،" އެލިސަން ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ތަމްރީނު ނުލިބި ތިބި ހަތިޔާރު އެޅި އޭޖެންޓުން ދަނީ ގާނޫނާ ޚިލާފަށް އަމަލުކޮށް ރައްޔިތުން ބިރުގަންނަވަމުންނެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހިނގި ހިތާމަވެރި ހާދިސާއެއްގައި، އައިސް (ICE) އޭޖެންޓަކު ވަނީ ތިން ކުދިންގެ މަންމައެއް ކަމަށްވާ ރެނީ ނިކޯލް ގުޑްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. ޖެނުއަރީ 7 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. ވީޑިއޯ ތަހުލީލުތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން މި ހާދިސާއާ ގުޅޭގޮތުން ދަނީ ދޮގު މައުލޫމާތު ފަތުރަމުންނެވެ.

މިނިއާޕޮލިސްގެ މޭޔަރު ޖެކޮބް ފްރޭ ވިދާޅުވީ، ފެޑަރަލް އޭޖެންޓުން އަމާޒުކުރީ ސޯމާލީ ދަރިކޮޅުގެ މީހުން ހައްޔަރުކޮށް ޑީޕޯޓް ކުރުމަށް ކަމަށެވެ. ނަމަވެސް އެމީހުންނަކީ ގާނޫނީ ގޮތުން އެމެރިކާގެ ރައްޔިތުންކަން އެ އޭޖެންޓުންނަށް ނޭނގޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އޮޕަރޭޝަންގެ ސަބަބުން ސްކޫލްތަކާއި ވިޔަފާރިތައް ބަންދުވެ، ރައްޔިތުން ބޭރަށް ނުކުމެ ކާބޯތަކެތި ގަންނަންވެސް ބިރުގަންނަ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ފެޑަރަލް އޭޖެންޓުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުންދާ ކަމަށާއި، ކޯޓުތަކާއި، މިސްކިތްތަކާއި، ސްކޫލްތަކަށް އަމާޒުކޮށް ގާނޫނާ ޚިލާފު ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450