Ads by Stelco

ޚަބަރު

ނަޢީމްގެ ޚިދުމަތްތަކަކީ ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ ޚިދުމަތްތަކެއް: ރައީސުލްޖުމްހޫރިއްޔާ

ނަޢީމްގެ ޚިދުމަތްތަކަކީ ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ ޚިދުމަތްތަކެއް: ރައީސުލްޖުމްހޫރިއްޔާ

އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2026، 03:41

13 ޖެނުއަރީ 2026، 03:41

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ މަޤާމު ފުރުއްވި އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނަޢީމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފަތުރުވެރިންނަށް ހުޅުވާލުމަށްފަހު، ބައިނަލްއަޤުވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނަޢީމްގެ ނަމާ ކަމަށެވެ. ބައި ޤަރުނަށްވުރެ ގިނަ ދުވަހު އޭވިއޭޝަން ސިނާޢަތަށް އޭނާ ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ މުހިންމު ޚިދުމަތްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާ ވަނީ ނަޢީމް އަވަހާރަވުމުގެ ހިތާމައިގައި، އޭނާގެ ޢާއިލާއަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (މެކްލް) ގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މަރުޙޫމް ނަޢީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

މުޙައްމަދު ނަޢީމް ޙުސެއިންއަކީ 1967 ވަނަ އަހަރުން ފެށިގެން، ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ބިންގާ އެޅިގެން އައި ދުވަސްވަރު އޭނާ އަދާކުރެއްވި ދައުރަކީ މިއަދުގެ ކުރިއެރުމުގެ މުހިންމު ބައެއްގެ ގޮތުގައި ތާރީޚީ މާހިރުން ފާހަގަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450