Ads by Exprox

ޚަބަރު

މެލޭޝިޔާގެ މިނިވަން ދުވަހުގެ ތަޙުނިޔާ އެޤައުމުގެ އިސްވެރިންނަށް ރައީސް މުޢިއްޒު ފޮނުއްވައިފި!

މެލޭޝިޔާގެ މިނިވަން ދުވަހުގެ ތަޙުނިޔާ އެޤައުމުގެ އިސްވެރިންނަށް ރައީސް މުޢިއްޒު ފޮނުއްވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2024، 06:03

31 އޯގަސްޓު 2024، 06:03

މެލޭޝިޔާގެ މިނިވަަން ދުވަހުގެ ތަޙުނިޔާ އެޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް 

 ރައީސް ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. 

މިދެބޭފުޅުންނަށް ރައީސް ޑރ މުޢިއްޒުވަނީ ވަކިވަކިން މެސެޖު ފޮނުއްވައިވައިފައެވެ.

އެގޮތުން ދެބޭފުޅުންނަށް ފޮނުއްވި ތަޙުނިޔާގެ މެސެޖުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮތް ގުޅުމަކީ ދެޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، އެއްބައިވަންތަ އުޞޫލުތަކާއި، ރައްޔިތުންގެ މެދުގައިވާ ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައިފައިވެއެވެ.

 އަދި ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް މި ގުޅުން ލާބައާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ރައީސް ޑރ މުޢިއްޒުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco