Ads by Stelco

ޚަބަރު

އެފްއޭއެމް ޚިޔާނާތް: ބައްސާމަށް ކުރި ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކޮށްފި

އެފްއޭއެމް ޚިޔާނާތް: ބައްސާމަށް ކުރި ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކޮށްފި

ބައްސާމް އަދީލް ޖަލީލު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 06:02

18 ޖެނުއަރީ 2026، 06:02

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

 ބައްސާމަކީ މިހާރުވެސް އެކި މައްސަލަތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެކެވެ.

ހައިކޯޓުގައި ބައްސާމުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު، ފީފާއިން އެ އިދާރާއަށް ފޮނުވި ފައިސާގެ ތެރެއިން 10,000 ޑޮލަރު (154,000 ރުފިޔާ) އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައެވެ. ބޭންކު ޗާޖަސް ކެނޑުމަށްފަހު އޭނާގެ އެކައުންޓަށް ޖަމާވެފައިވަނީ 9,999 ޑޮލަރު ކަމަށް ތަހުގީގުން ދައްކައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ބޭންކަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން ސާބިތުވާތީ، ޚިޔާނާތުގެ ކުށުގައި އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދެ މައްސަލައަކާއި ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ދައުވާތައް އުފުލާފައިވެއެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ބައްސާމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، ކޯޓުން އަދި އެ މައްސަލަ ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450