ދުނިޔެ

ޣައްޒާ ހިންގުމަށް ކަނޑައަޅާފައިވާ ޓެކްނޮކްރެޓް ކޮމިޓީއަށް ހުރަސްނޭޅުމަށް ހަމާސްއިން ގޮވާލައިފި

ޣައްޒާ ހިންގުމަށް ކަނޑައަޅާފައިވާ ޓެކްނޮކްރެޓް ކޮމިޓީއަށް ހުރަސްނޭޅުމަށް ހަމާސްއިން ގޮވާލައިފި

ޣައްޒާ މެނޭޖްކުރުމަށް އެކުލަވާލި ޤައުމީ ކޮމިޓީގެ ބަޔާނުގައި ސޮއިކުރައްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖެނުއަރީ 2026، 09:51

20 ޖެނުއަރީ 2026، 09:51

ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ގައުމީ ޓެކްނޮކްރެޓް ކޮމިޓީގެ މެންބަރުންނަށް ޣައްޒާއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިޒްރާއީލަށް ބާރު އެޅުމަށް ހަމާސް ޖަމާއަތުން މެދުވެރިންގެ ކިބައިން އެދިއްޖެއެވެ.

މިކަމަށް އެދިފައިވަނީ ރަފާ ބޯޑަރު ހުރަސްކޮށް އެ ކޮމިޓީގެ މެންބަރުން ޣައްޒާއަށް ވަނުމަށް އިޒްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހުރަސްއަޅާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާ ހިންގުމަށް އެކުލަވާލާފައިވާ ގައުމީ ކޮމިޓީގެ ރައީސް ޢަލީ ޝަޢުޘް ވަނީ އާދީއްތަ ދުވަހު އެ ކޮމިޓީގެ މަސައްކަތްތަކުގެ އުސޫލުތައް ކަނޑައަޅާ ބަޔާނުގައި ސޮއިކުރައްވާފައެވެ. މިއީ އެ ކޮމިޓީގެ ފަރާތުން އެޅި ފުރަތަމަ ރަސްމީ ފިޔަވަޅެވެ. ޝަޢުޘް ވިދާޅުވި ގޮތުގައި ކޮމިޓީގެ މަސައްކަތްތައް މިހާރު މިޞްރުގެ ގާހިރާގައި ރަސްމީކޮށް ފަށާފައިވާ ކަމަށާއި، އަމާޒަކީ ވީ އެންމެ އަވަހަކަށް ޣައްޒާއަށް ވަދެ ކުއްލި އެހީގެ މަސައްކަތްތައް ތަންފީޒުކުރުމެވެ.

މި ޓެކްނޮކްރެޓް ކޮމިޓީއަކީ ސިޔާސީ ނޫން، ފަންނީ 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޮޑީއެކެވެ. މިއީ ޣައްޒާގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަދަނީ މަސައްކަތްތަކާއި ޚިދުމަތްތައް ހިންގުމަށް އޮތް ތަންފީޒީ ގޯތިކަމަށް ވެސް ޝަޢުޘް ފާހަގަކުރެއްވިއެވެ. މި ކޮމިޓީ އުފައްދާފައިވަނީ 17 ނޮވެމްބަރު 2025 ގައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު ނަންބަރު 2803 ގެ ދަށުންނެވެ.

ހަމާސްއިން ބުނި ގޮތުގައި ޣައްޒާގެ ސަރުކާރުގެ އިދާރާތަކުން މިހާރު ވަނީ މި ކޮމިޓީއަށް މަސައްކަތްތައް ހަވާލުކުރުމުގެ އިންތިޒާމުތައް ފަށާފައެވެ. އަދި މި ކޮމިޓީގެ މަސައްކަތްތައް ފެށުމަށް އެއްވެސް ޝަރުތެއް ކުރިމަތިނުކުރާނެ ކަމަށާއި، އެ ކޮމިޓީން މިނިވަންކަމާއެކު ފަންނީ މަސައްކަތްތަކެއް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

ނަމަވެސް، އިޒްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ މިވަގުތު ރަފަހް ބޯޑަރު ނުހުޅުވުމަށް ނިންމާފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، ޣައްޒާ ހިންގުމަށް އެގްޒެކެޓިވް ކައުންސިލެއް އުފެއްދުމަކީ އިޒްރާއީލާ މަޝްވަރާކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ އެ ގައުމުގެ ސިޔާސަތުތަކާ ޚިލާފު ކަމެއް ކަމަށެވެ.

ވައިޓް ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ޣައްޒާގެ އާންމު ޚިދުމަތްތައް އަލުން އިއާދަކުރުމާއި، މަދަނީ މުއައްސަސާތައް ބިނާކުރުމެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭންގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450