Ads by Exprox

ޚަބަރު

ޤަވާއިދާ ޚިލާފުވާނަމަ ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރާ ބިލް މަޖިލީހުން ފާސްކޮށްފި!

ޤަވާއިދާ ޚިލާފުވާނަމަ ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރާ ބިލް މަޖިލީހުން ފާސްކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2024، 04:16

13 ނޮވެމްބަރު 2024، 04:16

ސިޔާސީ ޕާޓީތަކުގެ ޤަވާއިދާ ޚިލާފުވަނަމަ ޕާޓީތައް ޖޫރިމަނާ ކުރާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. މިއިސްލާޙަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާއަށް ހުށައެޅި އިސްލާޙެކެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

މިއަދު މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އިތުރު ކުރި ދެ އިސްލާޙާއި އެކު، 61 މެމްބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް 10 މެމްބަރަކު ވޯޓު ދެއްވައިފައިވެއެވެ. 

މިބިލުގައި ވާގޮތުން ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ ޢަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

 މި އިސްލާޙުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަކުރުމާއި ގުޅޭގޮތުން އޮތް މާއްދާ ވަނީ އުނިކޮށްފައެވެ.

މީގެ އިތުރުން, ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަން ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco