ޚަބަރު
ޕީކް ސީޒަނަށް ތައްޔާރުވުމަށް ކ. ގުރައިދޫއަށް 1000 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސް ޚިދުމަތް ދޭން ފަށައިފި
އައު ޖެންސެޓް/ފޮޓޯ: ސްޓެލްކޯ
ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ގުރައިދޫއަށް 1000 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސް ޚިދުމަތް ދޭން ފަށައިފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށާއި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކ. ގުރައިދޫ އަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންދެވި ކޮމިޝަންކޮށް މިހާރު ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އަދި މި އައު ޖަނަރޭޓަރު ސެޓާއެކު ގުރައިދޫގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ 2960 ކިލޯވޮޓަށް އިތުރު ކުރެވިފައިވާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
ގުރައިދޫގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ލިބޭ މިންވަރު ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ޕީކް ސީޒަނުގައި ކަރަންޓަށް އޮންނަ ބޭނުންތެރިކަން އިތުރުވާތީ، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ، އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެމެހެއްޓުމަށެވެ.
ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.