ޚަބަރު
"ވިވިޑް ރިއަލިޒަމް–ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މައުރަޒު މެޑަމް ސާޖިދާ އިފުތިތާޙުކޮށްދެއްވައިފި
މައުރަޒު އިފްތިތާޙުކޮށްދެއްވުން/ފޮޓޯ: ރައީސް އޮފީސް
"ވިވިޑް ރިއަލިޒަމް–ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފުތިތާޙުކޮށްދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި މަޢުރަޒު އިފުތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ މި މަޢުރަޒަކީ ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ފިހިން ދިވެހި ދިރިއުޅުމުގެ އާދަކާދައާއި މަސައްކަތްތެރިކަން ސިފަކޮށްދޭ މަންޒަރުތައް ހިމެނޭ މަޢުރަޒެކެވެ. މި މަޢުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ވިވިޑް ރިއަލިޒަމް – މައި ޖަރނީ ތްރޫ ދަ ކަލަރސް އޮފް އަ ނޭޝަން" ފޮތް ނެރެދެއްވާފައެވެ.

މި މަޢުރަޒު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޢުރަޒު ބައްލަވާލައްވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.