Ads by Stelco

ޚަބަރު

ދިވެހި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: ވަޒީރު އާދަމް ޝަރީފް ޢުމަރު

ދިވެހި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: ވަޒީރު އާދަމް ޝަރީފް ޢުމަރު

ވަޒީރު އާދަމް ޝަރީފް ޢުމަރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2026، 04:38

23 ޖެނުއަރީ 2026، 04:38

ދިވެހި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ގޭބީސީތަކަށް ދޭ "ރޯދަ ހަދިޔާ" ބެހުމާ ގުޅޭ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރޯދަ ހަދިޔާ ބެހެމުގެ މަސައްކަތް 24 ޖެނުއަރީ 2026 ގައި މުޅި ރާއްޖޭގައި ފެށޭނެ ކަމަށެވެ. ހަމަ އެހެންމެ، ގްރޭޓަރ މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށާނީ މި މަހުގެ 22 ވަނަ ދުވަހުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ.

ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއަކަށެވެ. މާލެ ސަރަޙައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއްގޮތުގައި ސިޓީސް މިނިސްޓްރީއިން ބަލާފައިވާއިރު، ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56،918 އެވެ. މީގެ އިތުރުން، ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61،755 އަށް ވުމާއެކު، މުޅި ޖުމުލަ ގޭބީސީގެ ޢަދަދަކީ 118،673 ކަމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ޤާއިމުކުރެވިގެންދާނެއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450