ޚަބަރު
ހުޅުމާލެ ފޭސް 2ގެ އަމާން ދޯދި ޓަވަރުގެ ތިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފޭސް 2ގެ އަމާން ދޯދި ޓަވަރުގެ ތިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މި ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 13:11 ހާއިރު ކަމަށެވެ. އަދި މި މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ޓަވަރުގެ ތިރީގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 13:28 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.