Ads by Stelco

ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ

މާލެ/ފޮޓޯ: ސަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2026، 05:07

23 ޖެނުއަރީ 2026، 05:07

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މާދަމާ، މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެއެވެ.

އެގޮތުން، ކަރަންޓު ކެނޑޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގެ ތެރޭގައި  މާލެ ސިޓީ، ބާމިޔާ ގޯޅި، ބުރުޒު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، ދިލްބަހާރު މަގު، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު އަދި ނިކަގަސް ހިނގުން ހިމެނޭ ސަރަޙައްދުތައް ހިމެނެއެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 08:00 އާއި މެންދުރުފަހު 12:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޚިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450