Ads by Stelco

ޚަބަރު

މި ކާމިޔާބީއަކީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސް މުޢިއްޒު

މި ކާމިޔާބީއަކީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖެނުއަރީ 2026، 04:40

24 ޖެނުއަރީ 2026، 04:40

ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ބައިނަމްއަޤްވާމީ މުބާރާތެއްގައި ހޯދި ތާރީޚީ ބޮޑު ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޓީމުގެ ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވެ، ތަހުނިޔާ ފޮނުއްވައިފިއެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން މި ހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި އެންމެ ފުރަތަމަވެސް މާތްﷲގެ ޙަޟްރަތަށް ޙަމްދު ކުރުން އިސްކުރައްވާ ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް ލިބޭ އުޖާލާކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ވަކީން ޚާއްޞަކޮށް، މި މުބާރާތުގައި ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ މުޅި ޤައުމަށް ލިބުނު ތާރީޚީ ފަޚުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ކާމިޔާބީއަކީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޔާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރު ކުރައްވަމުންނެވެ.

މި މުބާރާތަކީ ދިވެހި ފުޓްސަލްގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450