Ads by Stelco

ޚަބަރު

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވޭނެ: ވަޒީރު އާދަމް ޝަރީފް

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވޭނެ: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޖެނުއަރީ 2026، 11:21

25 ޖެނުއަރީ 2026، 11:21

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވާ ނިންމޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. އެގޮތުން، ރޭ 20:30 ގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވާއިރު އެ މަސައްކަތް ކުރިއަށްދާ މަރުކަޒުތަކަށް ވަޒީރު އާދަމް ޝަރީފް ޢުމަރުން ވަނީ ވަޑައިގެން، އެ ސަރަޙައްދުތަކުގެ އިންތިޒާމުތައް ބައްލަވައިލައްވާފައެވެ. 

ރަމަޟާން މަހަށް ގޭބީސީތަކަށް މަސްދަޅު ކޭސް ހަދިޔާކުރުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ފެށިފައިވާއިރު އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ފޮނުވޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ރަށްރަށާއި ސިޓީތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާއިރު، ރަށްރަށާއި ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ކައުންސިލުތަކުންނެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ގޭބިސީ ލިސްޓް އެކުލަވައިލިއިރު ރަށްރަށާއި، ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56،918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61،755 އެވެ. މިއާއެކު، މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118،673 އެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭ 20:30 އިން 23:00 އަށެވެ. އަދި މަސް ދަޅު ކޭސް ދޫކުރާނީ އެކަމަށް ޚާއްޞަކޮށް ދޫކުރާ ޓޯކަން ނަމްބަރު ތަރުތީބުން ކަމަށާއި، ކޮންމެ ރެޔަކު 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، އަންނަ ފެބްރުއަރީ މަހުގެ 11ގެ ނިޔަލަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ގްރެޓަރ މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ޤާއިމުކުރެވިފައިވެއެވެ. އެއީ މާލޭގައި 8 މަރުކަޒާއި، ވިލިމާލޭގައި 1 މަރުކަޒާއި، އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450