Ads by Stelco

ޚަބަރު

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްވެރިން މަސްބާނަނީ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޖެނުއަރީ 2026، 12:19

25 ޖެނުއަރީ 2026، 12:19

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މީގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނޭ ކަމަށެވެ. އެގޮތުން، މި ފައިސާ ޖަމާކޮށްފައިވަނީ 23 ޖަނަވަރީ 2026 ވަނަ ދުވަހުއެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 19 ދޯންޏަކުން ކިރުވި މަހަށް 1،172،640 ރުފިޔާ ވަނީ ދޫކޮށްފައެވެ. 

މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 10 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 781،784.00 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އތުރުން، 3 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 343،546.00 ރުފިޔާ އާއި 6 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 47،310.00 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450