Ads by Stelco

ޚަބަރު

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި ނިމިދިޔަ ހަފްތާގައި 1616 އެޕްލިކޭޝަން ހުށަހަޅައިފި

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި ނިމިދިޔަ ހަފްތާގައި 1616 އެޕްލިކޭޝަން ހުށަހަޅައިފި

ހުޅުމާލެ/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޖެނުއަރީ 2026، 01:01

25 ޖެނުއަރީ 2026، 01:01

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢު "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި ނިމިދިޔަ ހަފްތާގައި 1616 އެޕްލިކޭޝަން ހުށަހަޅައިފި އެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފްލެޓަށް އެދި 1160 މީހަކު ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 456 މީހަކު ފޯމު ހުށަހަޅާފައިވާއިރު، ޖުމްލަ 1616 ފަރާތަކުން ވަނީ ރަސްމީކޮށް ފޯމު ހުށަހެޅުން ނިންމާފައެވެ. މީގެ އިތުރުން، 7605 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގައި ޖުމްލަ 15,000 ގޯއްޗާއި 79,000 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދަނީ "ހިޔާވެހި" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ފޯމު ހުށަހެޅުމަށްފަހު އެ ފޯމު ކެންސަލެއް ނުކުރެވޭނެއެވެ. ނަމަވެސް ފޯމު ހުށަހެޅުމުގެ ކުރިން ޑްރާފްޓް މަރުހަލާގައި ބައިންދައިގެން ބޭނުންވާ އުނިއިތުރެއް ގެނައުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ ފްލެޓް ނުވަތަ ގޯތި، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތާއި އުސޫލުތައް އެ ވުޒާރާގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450