Ads by Stelco

ޚަބަރު

ޕީކް ސީޒަނަށް ތައްޔާރުވުމަށް ވ. ތިނަދޫގައި 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ބަހައްޓައިފި

ޕީކް ސީޒަނަށް ތައްޔާރުވުމަށް ވ. ތިނަދޫގައި 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ބަހައްޓައިފި

އައު ޖެންސެޓް/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޖެނުއަރީ 2026، 02:07

25 ޖެނުއަރީ 2026، 02:07

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވ. ތިނަދޫއަށް 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސް ޚިދުމަތް ދޭން ފަށައިފި އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށާއި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވ. ތިނަދޫ އަށް 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންދެވި ކޮމިޝަންކޮށް މިހާރު ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އަދި މި އައު ޖަނަރޭޓަރު ސެޓާއެކު ތިނަދޫގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ 1539 ކިލޯވޮޓަށް އިތުރު ކުރެވިފައިވާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ތިނަދޫގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ލިބޭ މިންވަރު ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ޕީކް ސީޒަނުގައި ކަރަންޓަށް އޮންނަ ބޭނުންތެރިކަން އިތުރުވާތީ، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ، އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެމެހެއްޓުމަށެވެ.

ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450