ޚަބަރު
'ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް' ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި
ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ
'ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް' ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް – ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އިތުރުކުރުމާއި، ބޯޑަރ އަދި ރެގިއުލޭޓަރީ އޭޖެންސީތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ޓްރާންސްބައުންޑަރީ މޫވްމަންޓްސް ކޮންޓްރޯލް ކުރުން ހަރުދަނާކުރުން ކަމަށެވެ. އަދި ހަމައެއާއެކު، މި ތަމްރީނުގައި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ބޯޑަރު ކޮންޓްރޯލް ކުރުމާއި މިޓިގޭޝަން ފިޔަވަޅުތަކަށް އަލިއަޅުވާލާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
Under the Maldives – TransFORM Project, the Ministry of Fisheries and Ocean Resources is conducting a Multistakeholder Workshop on Biosecurity at Meerumaa. The session focuses on strengthening multi-agency coordination and border biosecurity practices for the import and export of… pic.twitter.com/ap7UmwOxV9
— Ministry of Fisheries and Ocean Resources (@MFORmv) January 25, 2026
އެގޮތުން، މި ޕްރޮގްރާމްގެ ފުރަތަމަ ދުވަސް އަމާޒުކުރަނީ މަލްޓި-ސްޓޭކްހޯލްޑަރ ވޯކްޝޮޕް އޮން ބަޔޯ ސެކިއުރިޓީއާ ބެހޭ ތަމްރީނު ދިނުމަށެވެ. އަދި 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާއި ހަމައަށް އަމާޒުކުރަނީ ޕެސްޓް ރިސްކް އެސެސްމަންޓް، ޑިޒީޒް ސަރވެއިލެންސް، އަދި ހެލްތު ސެޓިފިކޭޝަން ސިސްޓަމްސް އާ ގުޅޭ ޓެކްނިކަލް ތަމްރީނުތައް ދިނުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ވޯކްޝޮޕްގައި ބަޔޯ ސެކިއުރިޓީ ރެގިއުލޭޝަން، ބޯޑަރ ކޮންޓްރޯލް، ސަރވެއިލެންސް، އަދި ޕަބްލިކް ހެލްތުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި، އެންވަޔަރަންމަންޓަލް ރެގިއުލޭޝަން އޮތޯރިޓީ (އީ.އާރް.އޭ) އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ހިމެނެއެވެ.