Ads by Exprox

ޚަބަރު

އަމިއްލަފުޅު ދަތުރުފުޅުތަކުގައި ދަޢުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރަން: ރައީސް މުޢިއްޒު

އަމިއްލަފުޅު ދަތުރުފުޅުތަކުގައި ދަޢުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރަން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2024، 08:46

31 އޯގަސްޓު 2024، 08:46

އަމިއްލަފުޅު ދަތުރުފުޅުތަކުގައި ދަޢުލަތުގެ ބަޖެޓުން ޚަރަދު ނުކުރައްވާ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވެވި ޚާއްޞަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރައީސަކު އަމިއްލަ ދަތުރުފުޅެއް ކުރައްވާނަމަ، އުސޫލުގައި އޮންނަ ގޮތުން ނަމަ މުލިއާގޭ ބަޖެޓުން ޚަރަދު ކުރެވޭ ކަމަށެވެ.

 އެހެން ނަމަވެސް މިއަދާ ހަމައަށް އެމަނިކުފާނުގެ އަމިއްލަ އެއްވެސް ދަތުރެއްގައި ދަޢުލަތުގެ ފައިސާ ޚަރަދުކޮށްފައި ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދާއި ހަމައަށް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި، ޓިކެޓު ވިއަސް، އެކޮމޮޑޭޝަން ވިއަސް، އެއްވެސް ޚަރަދެއް އަޅުގަނޑުގެ ވެސް އަޅުގަނޑުގެ އަންހެނުންގެ ވެސް، ކުދިންގެ ވެސް، އެއްވެސް މީހެއްގެ ޚަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނުހުންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް

- ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ، މުލިއާގެ ބަޖެޓުން އެ ޚަރަދުތައް ކުރެވެން ފުރުޞަތު އޮތަސް އޭގެ ބޭނުން ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމީ ކިރިޔާ ވެސް އަމިއްލައަށް ވާން އޮތިއްޔާ އެކަމެއް އަމިއްލައަށް ކުރާ މީހެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުލިއާގެ މަރާމާތުކޮށް ނިމެންދެން ދިމްޔާތުގައި ހުރި މަސްތަކުގައި ވެސް ހުރިހާ ޚަރަދެއް ކުރައްވާފައިވާނީ އަމިއްލަ ފުޅަށް ކަމަށެވެ. އެހެން ނަމަވެސް ވަރަށް ގިނަ ތުހުމަތުތަކެއް އެކަމާއި ގުޅިގެން ވެސް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުގެ ވަރަށް ގިނަ ތުހުމަތުތަކެއް އެބަހުރި ކަމަށެވެ. ނަމަަވެސް އަމިއްލަ ދަތުރުފުޅު ތަކުގެ އެއްވެސް ޚަރަދެއް އަމިއްލަފުޅު ޖީބުން ނޫން ގޮތަކަށް ކުރައްވައިފަ ނުވާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco