Ads by Stelco

ޚަބަރު

ކޫއްޑޫ އާއި ކާޑެއްދޫ ވައިގެ މަގުން ގުޅުވާލައިފި

ކޫއްޑޫ އާއި ކާޑެއްދޫ ވައިގެ މަގުން ގުޅުވާލައިފި

ކޫއްޑޫ އާއި ކާޑެއްދޫ ވައިގެ މަގުން ގުޅުވާލުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން / ފޮޓޯ: މޯލްޑިވިއަން

farudhun logo

ފަރުދުން

31 ޖެނުއަރީ 2026، 06:56

31 ޖެނުއަރީ 2026، 06:56

ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅެއް ވައިގެ މަގުން ގުޅުވާލުމަށް ފެއްޓި މަސައްކަތުގެ ތެރެއިން، ކޫއްޑޫ އާއި ކާޑެއްދޫ ވައިގެ މަގުން ގުޅުވާލައިފިއެވެ.

މި ދަތުރުތައް ފެށުމުގެ ގޮތުން ކޫއްޑޫ އާއި ކާޑެއްދޫގައި ވަނީ ވަކިވަކިން ދެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުތަކުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި، އެ ރަށްރަށުގެ ކައުންސިލްތަކާއި، އެ އަތޮޅުތަކުގެ ރިސޯޓުތަކުގެ އިސްވެރިންނާއި، ގެސްޓްހައުސްތަކުގެ ވެރިންގެ އިތުރުން، ރަށުގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މިކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، އެ ކުންފުނިން މި ޚިދުމަތްތައް ފެށީ، މި އޮޕަރޭޝަނަށް ބޭނުންވާ ހުރިހައި އިންތިޒާމެއް އައްޑޫގައި ޤާއިމްކޮށްފައި ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ބޯޓުތަކާއި އިންސާނީ ވަސީލަތްތައްވެސް ޤާއިމްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޢަލީ ސަލީމް އިތުރަށް ވިދާޅުވީ، މޯލްޑިވިއަނުން މި ޚިދުމަތް ފެށީ، އަގުހެޔޮކޮށް އާންމުންނަށާއި، ވިޔަފާރިވެރިންގެ ބޭނުންތައް ވެސް ފުއްދުމަށް ފަސޭހަވާނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި ޑިމާންޑާއި އެއްގޮތަށް ޚިދުމަތް ދެމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަނުން މި ހަތަރު އަތޮޅު ގުޅުވާލުމަށް ބޭނުންކުރަނީ، އެ ކުންފުނީގައި ބޭނުންކުރާ އެންމެ ކުދި ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައެވެ. މި ބޯޓުތަކަކީ 15 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. 



މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ، 5 ސެކްޓަރ ނުވަތަ ރޫޓަށް ބަހާލައިގެންނެވެ. އެއީ، އައްޑޫ ގަމުން ހުވަދު އަތޮޅުގެ ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓުގެ އިތުރުން ފުވައްމުލަކަށް ދަތުރު ކުރާ ގޮތަށާއި، ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދަތުރު ކުރާ ގޮތަށެވެ.

ދެކުނުގެ އަތޮޅުތަކުގައި މޯލްޑިވިއަނުން ކުރާ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތައް:

ގަން - ފުވައްމުލައް - 500ރ
ފުވައްމުލައް - ކޫއްޑޫ - 650ރ
ފުވައްމުލައް - ކާޑެއްދޫ - 650ރ
ގަން - ކާޑެއްދޫ - 900ރ
ގަން - ކޫއްޑޫ - 900ރ

މިއީ، ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ސަރަޙައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ފެށި މަސައްކަތެކެވެ. މިދަތުރުތަކާއެކު މި ސަރަޙައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450