Ads by Stelco

ޚަބަރު

ހޮސްޕިޓަލިޓީ ދާއިރާއިން ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދޭ ޕްލެޓްފޯމެއް އިފްތިތާޙުކޮށްފި

ހޮސްޕިޓަލިޓީ ދާއިރާއިން ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދޭ ޕްލެޓްފޯމެއް އިފްތިތާޙުކޮށްފި

ރުކުރި ޕްލެޓްފޯމުން ވަޒީފާއަށް ނެގުމުގެ މަރުހަލާތައް ވެސް ވަގުތުން ބެލޭނެ---

farudhun logo

ފަރުދުން

31 ޖެނުއަރީ 2026، 09:02

31 ޖެނުއަރީ 2026، 09:02

ހޮސްޕިޓަލިޓީ ދާއިރާއިން ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދޭ ޕްލެޓްފޯމެއް އިފްތިތާޙުކޮށްފިއެވެ.

"ރުކުރި" ނަމުން ނަންދީފައިވާ މި ޕްލެޓްފޯމް އިފްތިތާޙުކުރީ އެކަމަށް ޚާއްސަކޮށްގެން މިއަދު ބާސެލޯސް ނަސަންދުރައިގައި ބޭއްވި ޙަފްލާއެއްގައެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތާއި އެ ދާއިރާއިން ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ ފަރާތްތައް އެއް ޕްލެޓްފޯމެއްގެ ދަށަށް ގެނަސްދޭނެއެވެ. 

"ރުކުރި"ގެ ކޯ ފައުންޑަރ އަލީ ފާއިޒް ވިދާޅުވީ، މި ޕްލެޓްފޯމުގެ ތެރެއިން ލަގްޒަރީ ރިސޯޓުތަކުން ހުޅުވާލާ ލީޑަރޝިޕް ފުރުސަތުތަކާއި ގެސްޓްހައުސް، ރެސްޓޯރަންޓް، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެހެނިހެން ތަންތަނުގައި ހުރި ފުރުސަތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. މި ޕްލެޓްފޯމުން ވަޒީފާގެ ފުރުސަތުތައް ހޯދުމާއި ވަޒީފާތަކަށް ކުރިމަތިލުން ފަސޭހަވެގެންދާނެއެވެ. 

އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ކުރިޔަށްދާގޮތް، އެ އެޕްލިކެންޓަކަށް ވަގުތުން ބެލޭނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުންވެސް އެ ވަޒީފާއަށް މީހަކުނެގުމުގެ މަރުހަލާ ދެފުށް ފެންނަ ގޮތެއްގައި މި ޕްލެޓްފޯމުގެ ތެރެއިން ކުރިއަށްގެންދާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450