Ads by Stelco

ޚަބަރު

ހުޅުމާލޭގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހޮނިހިރު ދުވަހުގެރޭ ޗަނބޭލީ 5 ގޯޅިތެރޭގައި ހިނގި އަލިފާންގަނޑު ނިއްވާލަން އެމްއެންޑީއެފްއިން މަސައްކަތް ކުރަނީ / ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ފެބްރުއަރީ 2026، 09:28

01 ފެބްރުއަރީ 2026، 09:28

ހުޅުމާލޭގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ހުޅުމާލޭ ޗަނބޭލީ 5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައި ރޯވެގެން ކަމަށެވެ. 

އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، އެ އަލިފާންފަނޑު ނިއްވާލާފައިވާކަމަށް ވެސް، އެމްއެންޑީއެފްއިން ވަނީ ފަތިހު ހާމަކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ހިނގި މި ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވެ، މުޅި އިމާރާތުން ވަނީ ކަރަންޓު ކެނޑިފައެވެ. އަދި މިކަމާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ ގިނަ ބަޔަކަށް، މޯލްޑިވްސް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރޯވި އަލިފާންގަނޑުގެ ސަބަބުން ގުދަނުގައި ހުރި ތަކެތި ހަދާފައި / ފޮޓޯ: އެންޑީއެމްއޭ

އެންޑީއެމްއޭއިން ބުނީ، އެ އިމާރާތުގެ 2 އެޕާޓްމަންޓަކުން 21 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ވަނީ ހުކުރު ދުވަހުގެރޭ ވެސް އަލިފާނުގެ ހަދިސާއެއް ހިނގާފައެވެ. ހިޔާ ޓަވަރު 5ގައި ހިނގި މި ހާދިސާގެ ސަބަބުން އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެހެންކަމުން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450