Ads by Stelco

ޚަބަރު

އަމީން ނިޔާވި ހާދިސާގައި އޭނާ ކުނިތަކާއެކު ވަޅުލެވިފައިވޭ: ފުލުހުން

އަމީން ނިޔާވި ހާދިސާގައި އޭނާ ކުނިތަކާއެކު ވަޅުލެވިފައިވޭ: ފުލުހުން

ތިލަފުށި ފަޅުތެރޭގައި އޮތް ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރަނީ / ފޮޓޯ: ވެމްކޯ

farudhun logo

ފަރުދުން

01 ފެބްރުއަރީ 2026، 12:40

01 ފެބްރުއަރީ 2026، 12:40

ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރަމުންދަނިކޮށް ގެއްލުނު ބިދޭސީ މީހާ ނިޔާވި ހާދިސާގައި އޭނާ ކުނިތަކާއެކު ވަޅުލެވުނުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މީޑިއާތަކަށް ޚިއްޞާކުރި މެސެޖެއްގައި ފުލުހުން ބުނީ، އަމީން މިއާ ނިޔާވީ، އެކްސްކެވޭޓަރުން ޖެހިގެން ކުނިތަކެއްގެ ތެރެއަށް ވެއްޓުމުން އޭނާގެ ހަށިގަނޑު ކުނިތަކާއެކު އެހެންތަނަކަށް ގެންގޮސް، ގައިމައްޗަށް ކުނިތައް އެޅުމުގެ ސަބަބުން ވަޅުލެވިގެން ކަމަށެވެ.

އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައެވެ.

ފުލުހުން ޚިއްސާކުރި މެސެޖުގައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ، ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހިގެން އޭނާ ވެއްޓުނު ނަމަވެސް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މި ހާދިސާ ހިނގިއިރު އެކްސްކެވޭޓަރު އޮޕަރޭޓުކުރަން އިނީ އުމުރުން 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ. އަދި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މައްސަލައާ ގުޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތައް ޚިއްޞާ ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450