Ads by Exprox

ޚަބަރު

ބަންގްލަދޭޝްގައި ދިވެހި ދެޑޮކްޓަރަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!

ބަންގްލަދޭޝްގައި ދިވެހި ދެޑޮކްޓަރަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!

ހާދިސާ ހިނގިކަމަށް ބުނާ ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2024، 09:12

31 އޯގަސްޓު 2024، 09:12

ހުލާސާ


ބަންގަލަދޭޝްގެ ހޮސްޕިޓަލެއްގައި ދިވެހި ދެ ޑޮކްޓަރަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

މިހާދިސާ ހިނގައިފައިވަނީ ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖް ގައެވެ.

މިކަމާއި ބެހޭ ގޮތުން އެކްސްގައި އަމިއްލަ ފަރާތަކުން ކޮށްފައިވާ ޕޯސްޓެއްގައި އެކަން ހިނގިތަން ދެކުނު މީހަކު ކޮށްފައިވާ މެސެޖް ތަކެއްގެ ސްކްރީން ޝޮޓް ހިއްސާކޮށްފައިވެއެވެ. 

އެ މީހާގެ މެސެޖުތަކުގައި ބުނެފައިވަނީ ދިވެހި ދެ އިންޓާން ޑޮކްޓަރުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ޑިއުޓީގައި މަސައްކަތް ކުރަމުން ދަނިކޮށް ބަޔަކު ވަނީ ދެ ޑޮކްޓަރުންނަށް ޖިސްމާނީ އަނީޔާތަކެއް ދީފައި ކަމަށެވެ.

އޭގެން އެއް ޑޮކްޓަރު ގައިގައި ޖަހާފައިވާއިރު، އަނެއް ޑޮކްޓަރުގެ އަތުގައި ހިފައި ދަމައިގަނެ ވަރަށް ހަޑިހުތުރުކޮށް ވާހަކަ ދައްކާފައިވާ ކަމަށް އެޕޯސްޓުގައި ބުނެފައިވެއެވެ.

އެ ވަގުތު ހޮސްޕިޓަލްގައި ތިބި ހޮސްޕިޓަލްގެ ސީނިއާ ބައެއް މުވައްޒިފުން ވަނީ އެ ދެ ޑޮކްޓަރުން ސަލާމަތްކުރަން އެމީހުން ސްޓޯ ރޫމަށް ގެންގޮސްފައި ކަމަށް ވެސް ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި ރާއްޖޭގެ ވަރަށް ގިނަ ކުދިން މެޑިސިން ކިޔަވަމުންދެއެެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުގެ އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco