Ads by Stelco

ޚަބަރު

އެޗްޑީސީ އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

އެޗްޑީސީ އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

އެޗްޑީސީއަށް 25 އަހަރު ފުރުމާގުޅުގެން ހިންގާ ޚާއްސަ ހަރަކާތްތައް އިފްތިތާޙްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ފެބްރުއަރީ 2026، 11:18

01 ފެބްރުއަރީ 2026، 11:18

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރޭ ރިހި ޔޫބިލް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އެޗްޑީސީ އިމާރާތުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ރިހި ޔޫބިލްއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ވަނީ ދައްކާލައިފައެވެ.

މި އަހަރުގެ ރިހި ޔޫބިލްގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ކަނޑުން ރިހިއައްސޭރިއަށް" މިއެވެ. މި ޝިއާރަކީ ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް ހިއްކައިގެން، ޒަމާނީ ސިޓީއެއް ބިނާކުރުމަށް އެ ކުންފުނިން ކުރި ބުރަ މަސައްކަތާއި ތަރައްގީގެ ދަތުރު ރަމްޒުކޮށްދޭ ޝިއާރެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ކުންފުނިން ކުރި މަސައްކަތަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"25 އަހަރަކީ އަޅުގަނޑުމެން އަދި ކިރިޔާ ތަސައްރަފު ފުދެން ފަށާފައި މިވަނީ އިންސާނީގޮތުން ބަލާ ކަމަށްވާ ނަމަ. ނަމަވެސް ޑިވެލޮޕްމަންޓްގެ ސައިޑުން ސިލްވާ ޖުބިލީއެއް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަޚުރެއް ލިބޭ ކަމެއް. ސަބަބަކީ މިއޮތް ކުރު މާޒީގައި 25 އަހަރު ތެރޭގައި ހުޅުމާލެ އޭގެ ޒާތުގައި ޑިވެލޮޕްވެފައި އޮތް ވަރަށް ބަލާލުމުން އަޅުގަނޑުމެންނަށް އެކަން ތަސައްވުރު ކުރެވޭނެ،" އަލީ ޒުހައިރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެޗްޑީސީގެ ތާރީހާއި ހުޅުމާލޭގެ ތަރައްގީގެ އެކި މަރުހަލާތައް ވަރަށް ތަފްސީލީ ގޮތެއްގައި ދައްކުވައިދޭ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅައިފައެވެ. މި ވީޑިއޯގައި ހުޅުމާލެ ބިން ހިއްކުމުން ފެށިގެން، މިއަދު ފެންނަން އޮތް ޒަމާނީ ސިޓީއަކަށް އެ ތަން ބަދަލުވެގެން ދިޔަ ގޮތް ވަނީ ފެނިގެން ގޮސްފައެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި އާންމުންނަށް ބައިވެރިވެވޭނެ އިޖުތިމާއީ ހަރަކާތްތަކާއި، ކުޅިވަރުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިމެނޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450