ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން ޒުވާނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި 31 ޖެނުއަރީ 2026ގައި ހައްޔަރުކުރި މީހާ---
ފަރުދުން
02 ފެބްރުއަރީ 2026، 11:22
02 ފެބްރުއަރީ 2026، 11:22
މަސްތުވާތަކެތީގެ މައްސަލައެއްގައި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނީ މިއީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނަކީ ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލ. ހިތަދޫ / ހަފުލާ، ޢަލީ މުފާވިޒް (21އ) އެވެ. އޭނާ ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެއްޗާއި 125،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޢަލީ މުފާވިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.