Ads by Stelco

ޚަބަރު

ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ފޯރަމެއް ބާއްވައިފި

ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ފޯރަމެއް ބާއްވައިފި

ފޯރަމްގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ފެބްރުއަރީ 2026، 01:44

02 ފެބްރުއަރީ 2026، 01:44

ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޚާއްޞަ  ފޯރަމެއް ބާއްވައިފި އެވެ.

ކަސްޓަމްސް ބިލްޑިންގައި ބޭއްވި މި ފޯރަމުގައި ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ކަސްޓަމްސް ބަނދަރުތަކުން މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ ކްލިއަރިންގ އެޖެންޓުންނާއި، ބްރޯކަރުން، އަދި މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ބޭނުންވާ މުދަލާގުޅޭ ހުއްދަތައް ދޫކުރާ ސަރުކާރުގެ އިދާރާތައް ހިމެނޭގޮތަށް 60 އަށް ވުރެ ގިނަ ފަރާތަކުން މި ފޯރަމްގައި ވަނީ ބައިވެރިވެފައެވެ.

މި ފޯރަމްގައި، މުދާ އެތެރެކޮށް ބޭރުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ރާއްޖެއަށް އިމްޕޯޓްކުރާ ކެމިކަލްގެ ބާވަތްތަކަށް ހުއްދަ ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކްލިއަރކުރުމުގައި ހުރި ދަތިތަކަށް ހައްލު ގެންނާނެ ގޮތްތަކާއި، ގަސްގަހާގެއްސާއި ޖަނަވާރުގެ ބާވަތްތައް އެތެރެކުރުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމާއި، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ހުއްދަ ދޭ އުޞޫލުތައް ލުއި ފަސޭހަ ކުރުމާގުޅޭގޮތުން ފޯރަމްގެ ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

އަދި މިކަންކަން ހަޙައްލުކުރުމަށް މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތަކާއި، މެދުރާސްތާ އާއި ދިގުރާސްތާގައި ގެނެވޭނެ ޙައްލުތަކާމެދު މަޝްވަރާކޮށްފައިވާއިރު، މި ފޯރަމްއިން ކުރަން ނިންމުނު ކަންކަން ކަމާގުޅުންހުރި އިދާރާތަކާއި ޚިއްސާކޮށް އެކަންކަން ތާވާލާ އެއްގޮތަށް ކުރިއަށް ގެންދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450