Ads by Farudhun

ޚަބަރު

ރައީސް މުއިއްޒަށް 2028 ގެ ދައުރު ހޯދައިދޭން ގަދައަޅައި މަސައްކަތްކުރަންޖެހޭ: މިނިސްޓަރު މުއްތަލިބް

ރައީސް މުއިއްޒަށް 2028 ގެ ދައުރު ހޯދައިދޭން ގަދައަޅައި މަސައްކަތްކުރަންޖެހޭ: މިނިސްޓަރު މުއްތަލިބް

މިނިސްޓަރު ޑރ މުއްތަލިބު - ފޮޓޯ: ޕީއެންސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

17 ސެޕްޓެމްބަރު 2026، 03:10

17 ސެޕްޓެމްބަރު 2026، 03:10

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދީ، އެމަނިކުފާނަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށް އެންމެން އެކުވެ ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރަކުން ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމެއް ކޮށްދޭން ބޭނުންވެއްޖެނަމަ، އެކަން ކުރެވޭނެކަން ރާއްޖޭގެ ވިޔަފާރިވެރިންނަށް މިހާރު ޔަގީންވެ ގަބޫލުކުރެވެމުންދާ ކަމަށެވެ. އަދި މީގެކުރިން އޮތް ވިސްނުމަކީ ވިޔަފާރިވެރިން އެދުނު ގޮތަކަށް ކަންކަން ހިނގުން ކަމުގައި ވިޔަސް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ މިސާލު ދައްކަވައިދެއްވީ ރައީސް ޑރ. މުޢިއްޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެމަނިކުފާނަށް 2028 ހޯދައި ދިނުމަށް ގަދަ އަޅައި މަސައްކަތްކޮށްދިނުމަކީ އަޅުގަނޑުމެން އެންމެން ކުރަން ޖެހޭ ކަމެއް،"

ޑރ މުއްތަލިބު ވިދާޅުވިއެވެ

މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ، ޤައުމުގެ ތަރައްޤީއަށްޓަކައި މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުތަކުގެ ބޮޑުބައި ނިންމާލެވުނަސް ހުރިހާ މަސައްކަތްތައް 2028 ވަނަ އަހަރާ ހަމައަށް ނުނިމޭނެ ކަމަށެވެ. އަދި އެ ހިސާބުން ވެރިކަން ބަދަލުވެ، އެހެން ފަރާތަކާ ވެރިކަން ހަވާލުވެއްޖެނަމަ، މިހާތަނަށް ބިނާކުރި ހުރިހާ ކަމެއް ފުނޑުފުނޑުވެ، އަންނަން އޮތް ޖީލުތަކަށްޓަކައި ހިތާމަކުރަންޖެހިދާނެ ކަމަށްވެސް މިނސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، މި ތަރައްޤީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަށާފައި އޮތް މަސައްކަތް 2028 އަށް ނުނިމޭނެ. އެހިސާބަށް ދާއިރުގައި ވެރިކަން ބަދަލުވެ އެހެން ފަރާތެއް ގައުމުގެ ވެރިކަމާ ހަވާލުވެ ބިނާކޮށްފައި ހުރި ކަންކަން ފުނޑާލަން ފުރުސަތު ދީފި ކަމުގައިވާ ނަމަ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިންނަށްޓައި ހިތާމަ ކުރާނެ،" ރައީސް ޑރ. މުއިއްޒުގެ އެންމެ އަރިސް މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ

ޑރ. މުއްތަލިބް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެދި ހުށަހެޅި ޚާއްޞަ ޤަރާރު ވަނީ ފާސްކޮށްފައެވެ. މި ޤަރާރު ފާސްވެގެންދިޔައީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަތީ މަޖިލީހުގެ 1،119 މެންބަރުންގެ އިއްތިފާޤުންނެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ޚާއްޞަ މަންދޫބު ޢަބްދުﷲ އިބްރާހީމް ހުށަހެޅުއްވި މި ޤަރާރުގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ޙައްޤުވާ ކަމަށާއި، މިއީ ޕާޓީގެ މެންބަރުންނާއި ޢާންމު ރައްޔިތުންވެސް ބޭނުންވާ ގޮތް ކަމަށެވެ.

ޕީއެންސީގެ އަސާސީ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން، އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގެންފިނަމަ، އެތެރޭގެ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް އެ ބޭފުޅަކަށް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450