Ads by Stelco

ޚަބަރު

އެމްއޭސީއެލްގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއޭސީއެލްގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ލޭހަދިޔާ ކުުރުމުގެ ޕްރޮގްރާމްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ފެބްރުއަރީ 2026، 03:29

02 ފެބްރުއަރީ 2026، 03:29

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނާއި އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ހަރަކާތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ލޭ ހޯދުމަށް އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާ ދަނޑިވަޅެއްގައި، ލޭގެ ސްޓޮކް އިތުރުކުރުމަށް އެހީތެރިވުމެވެ. މީގެ އިތުރުން، ލޭ ހަދިޔާކުރާ މިންވަރު އާންމުކޮށް މަދުވާ ރަމަޟާން މަހުގެ ކުރިން ލޭގެ ރިޒާވް ވަރުގަދަކުރުމަކީ ވެސް މި ކެމްޕޭނުގެ ބޭނުމެކެވެ.

އިޖުތިމާއީ ޒިންމާ އަދާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ކޮންމެ އަހަރަކު ވެސް އެ ކުންފުނިން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ބާއްވަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450