ދުނިޔެ

އެޕްސްޓައިންގެ ރެކޯޑްތަކުގައި މޭޔަރުގެ މަންމަގެ ނަން ހިމެނުމުން ނިއުޔޯކްގެ މޭޔަރާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކޮށްފި

އެޕްސްޓައިންގެ ރެކޯޑްތަކުގައި މޭޔަރުގެ މަންމަގެ ނަން ހިމެނުމުން ނިއުޔޯކްގެ މޭޔަރާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކޮށްފި

ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އަދި އޭނާގެ މަންމަ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2026، 08:10

02 ފެބްރުއަރީ 2026، 08:10

ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީގެ މަންމަ އަދި މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މީރާ ނައިރުގެ ނަން، ޖެފްރީ އެޕްސްޓައިންގެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގައި ހިމެނުމާ ގުޅިގެން މޭޔަރުގެ ރަސްމީގެ، ގްރޭސީ މެންޝަން ކުރިމަތީގައި ބޮޑު އިހުތިޖާޖެއް ބާއްވައިފިއެވެ.

މި އިހުތިޖާޖުގެ ބައިވެރިން ވަނީ މޭޔަރު މަމްދާނީއަށް އަމާޒުކޮށް "ލަދުވެތިވުމަށް" ގޮވައިލާ، އޭނާގެ އާއިލާއާއި އެޕްސްޓައިންއާ އޮތް ގުޅުމާ ބެހޭގޮތުން ސުވާލު އުފައްދާފައެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިހުތިޖާޖުގެ ބައިވެރިޔަކު ވަނީ މޭޔަރަކީ މަކަރުވެރިއެއް ކަމަށް ތުހުމަތުކޮށް، "އަހަރެމެން ކަލެއަށް ތާއީދުކޮށް، ކަލެއަށް ވޯޓުވެސް ދިނީމެވެ. ނަމަވެސް ކަލޭގެ މަންމަގެ ކަންތައްތައް މިހާރު އަހަރެމެންނަށް އެނގިއްޖެ،" ކަމަށް ބުނެ އަޑުއުފުލާފައެވެ.

މި އިހުތިޖާޖު ފެށިފައިވަނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާސްކުރި "އެޕްސްޓައިން ފައިލްސް ޓްރާންސްޕޭރެންސީ އެކްޓް" ގެ ދަށުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން ތިން މިލިއަނަށްވުރެ ގިނަ އައު ސަފުހާތަކާއި، 2،000 އަށްވުރެ ގިނަ ވީޑިއޯ އަދި 180،000 ފޮޓޯ އާންމުކުރުމާ ގުޅިގެންނެވެ.

އާންމުކުރި ލިޔެކިޔުންތަކުގައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، 2009 ވަނަ އަހަރު އިންސާނީ ވަގުފާރީގެ ކުށް ސާބިތުވެފައިވާ  މެކްސްވެލްގެ ގޭގައި ބޭއްވި ހަފުލާއެއްގައި މީރާ ނައިރު ވަނީ ބައިވެރިވެފައެވެ. މި ހަފުލާއަކީ ފިލްމެއް ދެއްކުމަށްފަހު ބޭއްވި "އަފްޓާ ޕާޓީ" އެއް ކަމަށާއި، މި ހަފުލާގައި ބިލް ކްލިންޓަން، ޖެފް ބޭޒޯސް އަދި ޖީން ޕިގޯޒީ ފަދަ މަޝްހޫރު ފަރާތްތައް ބައިވެރިވިކަމަށް ލިޔެކިޔުންތަކުން ދައްކައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު މޭޔަރުކަމާ ހަވާލުވެވަޑައިގަތް މަމްދާނީގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވިފައި ނުވިނަމަވެސް، އިހުތިޖާޖުގެ ބައިވެރިން ދަނީ މިކަމުގައި މޭޔަރުގެ ފަރާތުން ސާފު އިޖާބައަކަށާއި ޒިންމާދާރުކަމަށް ގޮވައިލަމުންނެވެ. މީގެ އިތުރުން ޑީ.އޯ.ޖޭ އިން އާންމުކުރި މި ލިސްޓުގައި އިލޮން މަސްކް، ބިލް ގޭޓްސް، އިވަންކާ ޓްރަމްޕް އަދި ސާރާ ފަރގަސަން ފަދަ ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކުގެ ނަންތައްވެސް ހިމެނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450