Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުއްޖަކު ޝާމިލުކުރުވި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުއްޖަކު ޝާމިލުކުރުވި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުއްޖަކު ޝާމިލުކުރުވި މައްސަލާގައި ހައްޔަރުކުރި ދެ މީހުން---

farudhun logo

ފަރުދުން

04 ފެބްރުއަރީ 2026، 07:35

04 ފެބްރުއަރީ 2026، 07:35

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތެރޭގައި ކުޑަކުއްޖަކު ޝާމިލުކުރުވި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއަށް ނިސްބަތްވާ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މ. ނާޒްލީމަންޒިލް، އުމުރުން 28 އަހަރުގެ ޙަސަން ނުޢާޒާއި ވ. ސެޓެލައިޓް، އުމުރުން 39 އަހަރުގެ އަޙްމަދު ނަޢީމެވެ.

މި ޚާއްޞަ އޮޕަރޭޝަން ހިންގާފައި ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެންނެވެ.މި މައްސަލައިގައި ނާޖާއިޒު ފައިދާ ނަގައި، ކުށްކުރުވުމަށް ބޭނުންކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450